- އިސްތިހާރު -spot_img

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ވީއައިއޭއިން ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތީ އެތެރެކުރަން އުޅޭކަމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ދެ މިހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ކަމަށާއި، އެ ދެ މީހުންނަކީ ޔުތިޝް ރާޖް ރާޖަން (27އ) އާއި އީޝްވަރު މުރިތީ ޝަންމުގަމް (24އ) ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި މި ދެ މީހުންނަކީ ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި