- އިސްތިހާރު -spot_img

މިހާރު ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެ: ރައީސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެށިގެން ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަށް ނުހުއްޓި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކު މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްދަނީ އެކި މޮޑެލަށް ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތުގެ ސަބަބުން ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ އެއްވެސް ޕްރޮޖެކްޓަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށާއި، ބޭރުގެ ލޯނު އެހީގައި ކުރިއަށްދާ ޕްރޮޖެކްޓުތަކަށް ވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ހިނގަމުން ދާ މަޝްރުއުތަކަށް ވާނީ ކިހިނެތްތޯ؟ އެއީ އަޅުގަނޑުމެން ވަރަށް އިސްކަން ދޭންޖެހޭ ކަމެއް. އެ ހުރީ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައި. އެއާ އެއްގޮތަށް މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ހާއްސަ އިސްކަމެއް ދޭނަން. ހުއްޓަނުލާ މިކަންކަން ކުރިއަށް ގެންދަން. މިނޫންކަމަށް ވަންޏާ ރައްޔިތުންނަށް ވެސް ގެއްލުން ކޮންޓްރެކްޓަރަށް ވެސް ގެއްލުން. ޖުމްލަކޮށް މުޅި ގައުމަށް ވެސް ގެއްލުން.“ ރައީސް ވިދާޅުވިއެވެ.

ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް ބައިވަރު މަޝްރޫއުތައް ފެށިގެން ކުރިއަށްދާ ކަމަށާއި، ވުމާއެކު އަލަށް ފަށަން ތައްޔާރުވަމުންދާ ޕްރޮޖެކްޓުތަކުގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޯހިޔާވަހިކަމުގެ ދާއިރާއާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ލޮޅުމެއް ނާންނާނެހެން ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި