- އިސްތިހާރު -spot_img

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ: ރައީސް

މަރުގެ ހުކުމް ތަންފީޒު ކުރުމާއިބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށާއި، އެ ބިލު ފާސްވެ ތަސްދީގު ކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވި މަރުގެ ހުކުމް އިއްވައި، ތަންފީޒުކުރާ މަރުހަލާގައި ތިބި މީހުން އެބަ ތިބި ކަމަށާއި، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ކުރީގެ ސަރުކާރުތަކުން ތަންފީޒު ކުރާނެ ކަމުގައި ބުނެ ތަންފީޒު ނުކުރާ ކަމެއް ކަމަށެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމަށްޓަކައި ގާނޫނީ އޮނިގަނޑުގެ ތެރެއަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ގެންނަންޖެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދާ ހަމައަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގާނޫނެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ހާއްސަ ގާނޫނުގެ ބިލު އެކުލަވައިލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރިއަށްގެންގޮސް މިހާރު ނިމުމަކާ ހަމަައަށް ގެނެވިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

”އެ ބިލު މަޖިލީހުން ފާސްވެގެން އައުމާއެކު އެ ބިލު ތަސްދީގު ކުރެވި ޝަރުއީ މަރަލާ ފުރިހަމަވެ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނަން.“ ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި