- އިސްތިހާރު -spot_img

”ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ވަކި ޕާޓީއަކަށް ލިބޭނެ މަންފާއެއް ނެތް“

ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހަބު އެއް ދުވަހެއްގައި ބާއްވައިގެން ވަކި ޕާޓީއަކަށް ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޕީޖީ ލީޑަރު އަދި އިންތިޚާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރުކަން ކުރައްވަމުންގެންދަވާ އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ މިއަދު މާފަންނު އުތުރު ދޮރުން ދޮރަށް ކުރިއަށްގެންދެވި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްވި އިންޓާވިއުއެއްގައެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ފައިދާ ވާނީ މުޅި ގައުމަށް ކަން ފާހަގަކުރައްވާ ފަލާހު ވަނީ ސިޔާސީ މަންފާ ހޯދުމަށް އިދިކޮޅުން ދައްކަވާ ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް އެދިވަޑާއިގެންފައެވެ. ފަލާހް ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމު ތަކުގައި މި ޕްރެކްޓިސް އޮންނަ ކަމަށެވެ.

ދެ އިންހާބު އެއް ދުވަހެއްގައި ބާއްވަނީ ވަކި ބަޔަކަށް ވާދަނުކުރެވޭ ގޮތަކަށް ނޫން ކަމަށާއި، ހުރިހާ ޕާޓީއަކަށް ވާދަކުރެވޭއިރު އެ ހުރިހާ ޕާޓީއަކަށް ފަސޭހަތައް އޮންނާނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ. އަދި ދެ އިންތިހާބު ވަކިވަކިން އޮތުމުން، ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސަމާލުކަން ހުއްޓެނީ އޭގެ ހަ މަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އޭގެ ސަބަބުން ގައުމުގައި ތަރައްގީގައި ބޮޑެތި މަޝްރޫއުތައް ހުއްޓޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި