- އިސްތިހާރު -spot_img

ތިނަދޫގައި ގާއިމުކުރާ 50 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. ތިނަދޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާއިރު މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކުރެވެއެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށް ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީން ކޮށްފައިވާއިރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 14 މަގެއްގައި ތާރު އަޅާ ތަރައްގީކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން ތިނަދޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތަކީ، ތަރައްގީގެ މިންގަނޑުން ބަލާއިރުގައި ގެދޮރުވެރިކަން ކަމަށް ފާހަގަކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި