- އިސްތިހާރު -spot_img

މެޑަމް ސާޖިދާއަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު އެ ސިޓީން އެކަމަނާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އައްޑޫ ސިޓީން އެކަމަނާއަށް ވަރަށް ގިނަ ރައްޔިތުން މަރުހަބާ ކިޔާފައިވާއިރު ކައުންސިލްތަކުގެ އިސްވެރިންނާއި އެކި މުއައްސަސާތަކުގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ފުވައްމުލަށް ސިޓީގައި ކުރިއަށްދާ ”ދޮރުން ދޮރަށް“ ހަރަކާތުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންފައިވާއިރު ޕީއެނެންސީއަށް އޮތް ތާއީދު ފާހަގަކުރެވެެއެވެ.

މެޑަމް ސާޖިދާ ފުވައްމުލަށް ސިޓީގައި ކުރިއަށްދާ ދޮރުން ދޮރަށް ހަރަކާތުގައި ގިނަ ގެތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުން އަޑުއައްސަވާފައެވެ. އަދި ސަރުކާރުގެ ބައެއް އޮފީސްތަކަށް އެކަމަނާ ޒިޔާރަތްކޮށް މަޝްވަރާ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ގިނަވަގުތުތަކެއް ހޭދަކުރައްވާފައިވެއެވެ.

މެޑަމް ސާޖިދާވަނީ އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށާއި އެކި ދާއިރާތަކުގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ތިނަދޫ ސިޓީއަށް އެކަމަނާ ވަޑައިގަތުމުންވެސް އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ފާހަގަކުރެވެއެވެ. ތިިނަދޫ ސީޓީގައިވެސް އެކަމަނާ ވަނީ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި