ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައުރަޒު ތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެކަންކަމަށް ދުރާލާ ތައްޔާރުވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކޮށް ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށާއި، މި ބަދަލުތަކާ ގުޅިގެން ސިނާއަތުގެ ބައިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށްވީއެމްސީ އިން ބުނެފައިވެއެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، މާކެޓްތައް ސިންދަފާތު ކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވީއެމްސީ އިން ބުނެފައިވެއެވެވެ.
2026ގެ ކުރިއަށް ހުރި ބައިނަލްއަގުވާމީ މައުރަޒުތަކަކަށް ބަލާއިރު ހިމެނެނީ:
- އަޒަރުބައިޖާން އިންޓާނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ (އައިޓީއެފް) – ބާކޫ، އަޒަރުބައިޖާން: 3 – 5 އެޕްރީލް 2026
- ވިއެޓްނާމް އިންޓާނޭޝަނަލް ޓްރެވަލް މާޓް: ހަނޯއީ، ވިއެޓްނާމް – 9 – 12 އެޕްރީލް 2026
- ކަޒަކިސްތާން އިންޓާނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއާ (ކޭއައިޓީއެފް): އަލްމަޓީ، ކަޒަކިސްތާން – 22 – 24 އެޕްރީލް 2026
- އައިޓީބީ ޗައިނާ – ޝަންހާއީ، ޗައިނާ: 26 – 28 މެއި 2026
- ތައިލެންޑް ޑައިވް އެކްސްޕޯ – ބެންކޮކް، ތައިލެންޑް: 21 – 24 މެއި 2026
- ޓްރެވަލް މީޓް އޭޝިއާ – ޖަކާޓާ، އިންޑޮނޭޝިއާ: 23 – 24 ޖޫން 2026
- ބެއިޖިން އިންޓާނޭޝަނަލް ޓޫރިޒަމް އެކްސްޕޯ – ބެއިޖިން، ޗައިނާ: 27 – 29 ޖޫން 2026
- އައިއެލްޓީއެމް އޭޝިއާ – ސިންގަޕޯ: 29 ޖޫން – 2 ޖުލައި 2026
- ޓީޓީއެފް ކޮލްކަޓާ – ކޮލްކަޓާ، އިންޑިއާ: 9 – 11 ޖުލައި 2026
- އިންޑިއާ އިންޓާނޭޝަނަލް ޓްރެވަލް މާޓް: ބެންގަލޫރު، އިންޑިއާ: 23 – 25 ޖުލައި 2026
- ޓީޓީއެފް މުމްބާއީ – މުމްބާއީ، އިންޑިއާ: 20 – 22 އޮގަސްޓް 2026
- ޕާޓާ (PATA) ޓްރެވަލް މާޓް – ބެންކޮކް، ތައިލެންޑް: 26 – 28 އޯގަސްޓް 2026
- އައިޓީއީ ހޮޗީމިން ސިޓީ – ހޮޗީމިން ސިޓީ، ވިއެޓްނާމް: 27 – 29 އޯގަސްޓް 2026
- އައިޓީބީ އިންޑިއާ – މުމްބާއީ، އިންޑިއާ: 1 – 3 ސެޕްޓެމްބަރު 2026
- ބީއެލްޓީއެމް އިންޑިއާ – ނިއުދިއްލީ، އިންޑިއާ: 2 – 4 ސެޕްޓެމްބަރު 2026
- އޭޝިއަން ޓޫރިޒަމް ފެއާ – ޑާކާ، ބަންގްލަދޭޝް: 17 – 19 ސެޕްޓެމްބަރު 2026
- އިސްތަންބޫލް ޓޫރިޒަމް ފެއާ: އިސްތަންބޫލް، ތުރުކީ – 24 – 25 ސެޕްޓެމްބަރު 2026
- ކޮޓަމް (ސީއޯޓީޓީއެމް) ޗައިނާ – ބެއިޖިން، ޗައިނާ: 14 – 16 އޮކްޓޫބަރު 2026
- ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް: ރިމިނީ، އިޓަލީ – 14 – 16 އޮކްޓޫބަރު 2026
- އައިޓީބީ އޭޝިއާ – ސިންގަޕޯ: 18 – 20 އޮކްޓޫބަރު 2026
- ބަންގްލަދޭޝް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ – ޑާކާ، ބަންގްލަދޭޝް: 29 – 31 އޮކްޓޫބަރު 2026
- އައިޓީބީ އެމެރިކާ – ގުއަޑަލަހާރާ، މެކްސިކޯ: 10 – 12 ނޮވެމްބަރު 2026
- ތަޝްކަން އިންޓާނޭޝަނަލް ޓޫރިޒަމް ފެއާ – ތަޝްކަން، އުޒްބެކިސްތާން: 26 – 28 ނޮވެމްބަރު 2026 އެވެ.





