- އިސްތިހާރު -spot_img

މާމެންދޫ މިސްކިތާއި ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ގއ. މާމެންދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ މާމެންދޫ ގޮފީގެ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ އަލްއުސްތާޒު މުހުތާޒް މުހުސިންއެވެ. އަދި މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ. މީގެ އިތުރުން މާމެންދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެ އެވެ.

އިސްލާމީ ވުޒާރާއިން ބުނީ މާމެންދޫގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، ސޯލާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތް އޭސީ ކުރެވިގެންދާނެ ކަމަށެވެ. އަދި މިސްކިތުގައި އިތުރު ވަސީލްތަކުގެ ގޮތުގައި ކުލާސްރޫމާއި ލައިބްރަރީ ހިމެނޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ. މި ކުލާސްރޫމްތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ގުރުއާނަށް ލޯބިޖެއްސެވުމާއި، ގުރުއާން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިސްލާމީ ވުޒާރާ އާއި ގުރުއާނާބެހޭ މަރުކަޒު ގުޅިގެން ގުރުއާން ކިޔަވައިދޭ މަރުކަޒުތައް މުޅި ރާއްޖޭގައި ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި