- އިސްތިހާރު -spot_img

އަންނަ މަހުވެސް ހޫނު ގަދަވާނެ: މެޓު

އަންނަ މަހުގައިވެސް މެދުރާއްޖެތެރެއަށް ހޫނު ގަދަވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މެޓުގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އާއްމު ގޮތެއްގައި އަހަރުގެ މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައިވެސް މެދުރާއްޖެތެރެއަށް ހޫނު ގަދަވާނެކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ އަންނަ މަހުގެ މެދުތެރެއާއި ހަމައަށް ހޫނު މިން ހުންނާނީ މަތީގައި ކަމަށެވެ.

ހަމައެހެންމެ ރާއްޖޭގެ މޫސުމަށް ގިނަ ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މެޓުން މަސައްކަތް ކުރަނީ މިކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެއަށް ހޫނު ގަދަވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ވައި މަޑުވެ، ވައިޖެހުން މަދުވާތީ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގެ އަވަށްޓެރި ގައުމުތަކުން ހޫނު ގަދަ ދުވަސްވަރު ތަހައްމަލު ކުރާ ކަންތައްތައް ރާއްޖެއިން ތަހައްމަލު ކުރަންނުޖެހޭ ކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ އޭގެ އަސަރު މާބޮޑަކަށް ނުކުރާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) ގެ ޕަބްލިކް ހެލްތު ކޯޑިނޭޓާ ފާތުމަތު ޝަބާނާ ވިދާޅުވީ ހޫނު ގަދަ ދުވަސްވަރު ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އެގޮތުން ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00އާއި ހަމައަށް ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނާނަމަ ބައެއް ކަންތައްތަކަށް ސަމާލުކަން ދިނުމަށްވެސް ޝަބާނާ ވަނީ އިލްތިމާސްކޮށްފައެވެ. ވުމާއިއެކު ބޭރަށް ނުކުންނާނަމަ ގިނައިން ފެންބުއިމާއި ގަޔަށް ދޫ ތުނި ހެދުންލުމުުގެ އިތުރުން ބޮޑަށް ނިވާވާ ވަރުގެ ތޮފި ބޭނުންކުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި