ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ މިއަދަކީ މި ގައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ހިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް ކަމަށާއި، ދިވެހި ފުލުހުންގެ ދުވަސް ކަމަށެވެ. އަދި މި ހިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރުވެސް އެމަނިކުފާނު ވަނީ ދަންނަވާފަ އެވެ.
”މި ގައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުން.“ރައީސް ވިދާޅުވިއެވެ.
މިއަދު ފުލުހުންގެ ހިދުމަތައް 93 އަހަރު ފުރިފައިވާއިރު އެ މުއައްސަސާގައި ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ރަސްމީ ގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރު ކަން ފާހަގަކުރެވެ އެވެ.





