- އިސްތިހާރު -spot_img

މި ދަނޑިވަޅުގައި އެންމެ އިސްކަމެއްދެނީ ފަތުރުވެރިކަމުގެ ސިނާއަތަށް: ބީއެމްއެލް

މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިކަމުގެ ދާއިރާއާ އެކު ދެމި އޮތުމަށް ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ  ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ދިނުމުގައި އެ ބޭންކު އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އަދި މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ސިނާއަތުގެ މުހިއްމު ސްޓޭކް ހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، ފަތުރުވެރިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ހީތެރިވުމުގެ ގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތަށް ކުރިއަށްދާ ކަން ފާހަގަކޮށް ބޭންކުން ބުނީ ރާއްޖޭގެ އިގުތިސާދުގެ މައި ތަނބުގެ ހަމަޖެހުން ގާއިމުކޮށް، ސިނާއަތުގެ ކުރިއެރުމަށް ގައުމީ ފެންވަރުގައި އިސްކަންދޭނެ ކަމަށެވެ. އަދި އެ ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވެސް އެ އަމާޒަށް ވާސިލްވުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ.

ބީއެމްއެލްއިން ވަނީ ހަނގުރާމައިގެ ސަބަބުން ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެ ކަމަށާއި، ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ފަތުރުވެރިކަން ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބީއެމްއެލްއިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި