- އިސްތިހާރު -spot_img

އޭޝިއަން ގޭމްސް: ވަޒީރު ރާފިޢު ހުންނެވީ އެތްލީޓުންނާއިއެކު، ހިތްވަރުދިނުމުގައި އެންމެ ކައިރީގައި!

ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތްލީޓުންނާއިއެކު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ދައްކަވަމުން ގެންދަވަނީ ލާމަސީލު މިސާލެކެވެ.

އެމަނިކުފާނު ހުންނެވީ އެތްލީޓުންނާއިއެކު، ހިތްްވަރު ދިނުމުގައި ވަރުބަލިކަމެއް ނެތިކަން ކަށަވަރެވެ. ހަމައެހެންމެ ކާމިޔާބީ ހޯއްދަވަމުންދާ ފަރާތްތައް ފާހަގަކުރައްވާ އެމަނިކުފާނު ގެންދަވަނީ ހިތްވަރުދެއްވަމުންކަންވެސް ފާހަގަކުރެވެއެވެ.

ހަތް ކުޅިވަރަކުން އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެތްލީޓުން ޤައުމު ތަމްސީލުކުރާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހާމަކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ސާފިންގް، ސްވިމިންގް، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން، ޝޫޓިންގް އަދި ބީޗް ވޮލީއެވެ.

އޭޝިއަން ގޭމްސްގައި މިހާތަނަށް ރާއްޖޭގެ ބައެއް އެތްލީޓުންވަނީި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އޭޝިއަން ގޭމްސްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ރާއްޖެއިން ޓޭބަލް ޓެނިހުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16 ބުރުގައި ކުޅެފައިވެއެވެ. އަދި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މިރާލް ޢައިން ލަތީފްވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑުވެސް އައުކޮށްފައިކަން ފާހަގަކުރެވެއެވެ.

20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި މިފަހަރު 45 ޤައުމަކުން އެތްލީޓުން ވާދަކުރާއިރު މުބާރާތް ކުރިއަށްދަނީ އައިޗީގެ 24 ސްޓޭޑިއަމެއްގަޔާއި ނަގޯޔާގެ 15 ސްޓޭޑިއަމެއްގައެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 އިން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
މި ލިޔުމާ ގުޅޭ