- އިސްތިހާރު -spot_img

އަމީނީމަގު މަރާމާތު ކުރުން: ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފި

އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މިމަޝްރޫއުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އަމީނީމަގުގެ ތާރު ފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައިކަމަށްވާއިރު މަގުގެ މަސައްކަތްދަނީ އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންކަން ފާހަގަކުރެވެއެވެ. އަދި ސެގްމަންޓް އެކެއްގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ސަރަހައްދުގައި އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ކަމަށްވާއިރު އެ މަސައްކަތް އެއްކޮށް މިހާރުވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ މިމަގުގެ ދެވަނަ ސެގްމަންޓުގައި ހިމެނޭ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަރަމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޔުޓިލިޓީ ޖަންކްޝަންތައް އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މިހާރު އޮތް ތާރުގަނޑު ނެގުމުގެ މަސައަކަތް އެމްޓީސީސީން ފަށާފައިވެއެވެ. އަދި އަލަށް މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ދެ ފަށަލައަކަށް ތާރު އަޅަމުންދާކަންވެސް ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
މި ލިޔުމާ ގުޅޭ