- އިސްތިހާރު -spot_img

46 ވަނަ ޗެސް އޮލިމްޕިއާޑުން ޑަބްލިއުސީއެމް ޓައިޓްލް ލައިސާއަށް!

އުޒްބަކިސްތާނުގައި ކުރިއަށްދާ 46 ވަނަ ޗެސް އޮލިމްޕިއާޑުގައި، ވުމަން ކެނޑިޑޭޓް މާސްޓާ (ޑަބްލިއުސީއެމް) ޓައިޓްލް، ރާއްޖޭގެ ޤައުމީ އެތުލީޓު މަރްޔަމް ލައިސާ ޢަބްދުއްރަޝީދަށް ލިބިއްޖެ އެވެ.

މުބާރާތުގެ ނުވަ ވަނަ ރައުންޑްގައި ލައިސާ ވާދަކޮށް، މި ބުރުގައި ރާއްޖެއިން ކޮސޯވޯއާ ވާދަކުރި އިރު، ލައިސާ، އީނާ އަދި ނޯޔާވެސް ވަނީ މެޗު ކާމިޔާބު ކޮށްފައިވެއެވެ. އަދި ނިޔާހާގެ މެޗު އެއްވަރުވި ނަމަވެސް އޭނާވެސް ދަނީ މޮޅު ކުޅުމެއް ކުޅެމުންކަން ފާހަގަކުރެވެއެވެ.

މުބާރާތަށް ފުރި އިރު، 1478 ގެ ފިޑޭ ރޭޓިންއެއް ލައިސާ ހޯދާފައިވާއިރު މުބާރާތަށް ފުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓާވިއުއެއްގައި ލައިސާ ބުނީ އޭނާ ވާދަކުރާ ކެޓަގަރީއިން ރަން މެޑައްޔެއް ހޯދުމަކީ ބޮޑު އުއްމީދެއް ކަމަށެވެ. އަދި މުބާރާތުގައި ވާދަކޮށް ފިޑޭ ރޭޓިން މައްޗަށް ޖެއްސުމަށް ގަދައަޅާ މަސައްކަތްކުރާނެކަމަށްވެސް ލައިސާ ބުންޏެވެ.

46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖޭން އޯޕަން އިވެންޓުގައި ވާދަކުރަނީ ”ޑީ“ ކެޓަގަރީގައެވެ. އަދި އަންހެން ޓީމު ހިމެނެނީ ”އީ“ ކެޓަގަރީގައިކަން ފާހަގަކުރެވެއެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 28 އަށެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން ވާދަކުރާނެއެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ