- އިސްތިހާރު -spot_img

ފިލިޕިންސަށް އެރި ތޫފާނުގައި 66 މީހަކު މަރުވެއްޖެ

ފިލިޕިިންސަށް އެރި ތޫފާނެއްގައި 66 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި ”ކަލްމެއިގީ“ ނަމަކަށް ކިޔާ މި ތޫފާނުގައި ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވާއިރު 26 މީހަކު ގެއްލި 10 މީހުންނަށް ބޮޑެތި ޒަހަމްތަކެއްވަނީ ލިބިފައެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ސޭބޫ ސަރަހައްދަށް ކަމަށްވާއިރު އެސަރަހައްދުގައި ހުރި ހުރިހާ ގެއެއްހެން ވަނީ ބިމާ ހަމަވެފައެވެ. އަދި އުޅަނދު ފަހަރުތައް ފެނުގެ އަޑީގައި ވާއިރު މުޅި ސަރަހައްދުން ވަނީ ކަރަންޓުވެސް ކެނޑިފަ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ގެއްލުން ލިބުނު ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ހެލްކޮޕްޓަރެއް ވެއްޓި ހަ މީހަކުވެސް މަރުވެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ތޫފާނު އައިސްފައިމިވަނީ 6.9 މެގްނިޑިއުޓްގެ ބިންހެލުމެއް އައިތާ އެއްމަސްފަހުން ކަމަށެވެ. އަދި އެ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއްވެސްވަނީ ލިބިފައެވެ.

ކަލްމެއިގީ ހާދިސާއަށްފަހު 200،000 މީހުން އެސަރަހައްދު ދޫކޮށްފައި ގޮސްފައިވެއެވެ. މިސަރަހައްދު ދޫކޮށް މީހުން ގޮސްފައިވަނީ ތޫފާނުގެ އަސަރު އިހުނަށްވުރެ ބޮޑުވެދާނެތީކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ސުޕާ ޓައިފޫން ރަގަސާ ނަމަކަށް ކިޔާ ތޫފާނެއް ފިލިޕިންސްގެ ލުޒަން ސަރަހައްދަށް އަރާފައިވާއިރު މިހާދިސާގައި ސްކޫލުތަކާއި ސަރުކާރުގެ އޮފިސްތައްވެސް ބަންދުކޮށްފައިވެއެވެ. މިހާދިސާގައި ބޯކޮށް ވާރޭ ވެހިފައިވާ އިރު ވަރަށް ބޮޑަށް ވައިގަދަވެފައިވާ ކަމަށް ރިޕޯޓްތައްކުން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި