- އިސްތިހާރު -spot_img

އިސްލާމްދީނުގެ އަސާސްތަކާ ހިލާފު އެއްވެސް ކަމަކަށް ރާއްޖޭގައި ޖާގަ ނުދޭނެ: ބަންޑާރަ ނައިބު

ދިވެހިންގެ އިޖުތިމާއީ ފޭރާމާއި އިސްލާމްދީނުގެ އަސާސްތަކާ ހިލާފު އެއްވެސް ކަމަކަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުޝާމް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭނީ މި އަސާސީ އުސޫލުތަކުގެ މަތިން، ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރާ ގޮތަށް ކަމަށެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮންނާނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގުތައް ސަރުކާރުން ހިމާޔަތްކުރާނެ ކަމަށެވެ. ނަމަވެސް، ގައުމުގެ ހަމަޖެހުން ނަގާލައި، މުޖުތަމައުގައި ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކަށް ސަރުކާރުން ފުރުސަތު ނުދޭނެކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ ޝަރުއީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ޝަރުއީ ދާއިރާގައި އަންހެން ފަނޑިޔާރުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމުގެ ސިޔާސަތުތަކާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރާ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ފައްޓަވާފަ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި