- އިސްތިހާރު -spot_img

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށެވެ. އަދި ކަރަންޓު ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި ފިޔާތޮށި މަގު، ފިޔާތޮށި ހިނގުން އަދި ހަވީރީ ގޯޅި ހިމެނެއެވެ.

އެ ކުންފުނިން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު މެންދުރު 14:00 ން ފެށިގެން 16:30 އާއި ހަމައަށެވެ. ސްޓެލްކޯ އިން ވަނީ މި މަސައްކަތް ކުރަމުންދާ ވަގުތު ތަކުގައި ކަރަންޓު ކެނޑި ދިމާވެދާނެ ދަތިތަކަށް މައާފަށްވެސް އެދިފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި