- އިސްތިހާރު -spot_img

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހަނިމާދޫ އެއާޕޯޓް ހުޅުވައިފި

ވީހާވެސް އަވަހަށް ހަނިމާދޫ އެއާޕޯޓު ނިންމަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ހަނިމާދޫ އެއާޕޯޓް ހުޅުވައިފިއެވެ.

ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ރައްޔިތުން އޮޅުންފިލުވަން ބޭނުންފުޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގައި ގެންގުޅުއްވާނެ ސިޔާސަތަކީ ކޮބާއިތޯ ކަމަށެވެ. އަދި އެ މަސައްކަތް އޭރު ކުރިއަށްދިޔަ ދުވެއްޔަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީން ކަން ރައީސްވާނީ ދެއްވާފަ ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑު ވަގުތުން ޖަވާބު ދިނިން. އަޅުގަނޑު ދެންނެވިން ހަމައެކަނި މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދާނީއެއް ނޫނޭ. އެއަށްވުރެ އިތުރަށް މި މަސައްކަތަށް ބާރުލާ، އިތުރަށް ކަންކަން ހަލުވި ކުރެވޭނެ ގޮތް ހަދައިދީ. މި އެއާޕޯޓު އޭރު ދިޔަ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރުކޮށް ކުރިއަށްގެންގޮސްދީ ނިންމައިދޭ ނަމޭ. އެ ވައުދު އިރާދަކުރެއްވީތީ ފުދިގެން ގޮސްފި“ ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވިގެންދާއިރު، މިއީ ވަރަށްވެސް މުހިއްމު ތަރައްގީގެ މަސައްކަތެއްގެ ކާމިޔާބީއެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ހަމައެކަނި އެއަޕޯޓެއް ނޫން ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ ހުރިހާ ރައްޔިތުންގެ ތަރައްގީއަށް ހުޅުވިގެންދިޔަ ދޮރާއްޓެއް ކަމަށެވެ. ހަމައެހެންމެ މި އެއާޕޯޓް ވެގެންދާނީ މުޅި ބޮޑުތިލަދުން މައްޗަށްވެސް ތަރައްގީގެ ރޮނގުން އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި