- އިސްތިހާރު -spot_img

ހަނިމާދޫ އެއާޕޯޓުގެ %72 މަސައްކަތް ނިންމެވީ ރައީސް މުއިއްޒު: ޝަރީފު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ 72 އިންސައްތަ މަސައްކަތް ނިންމަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެނެވެ.

ޝަރީފު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ވިއްކަން ހެދި ފައްޓަރު ބައެއް ނޫން ކަމަށެވެ. އަދި ޖަވާހިރުން ބިނާ ކުރާނީ މާ އުފާވެރި މުސްތަގުބަލެއް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު، މި އެއާޕޯޓްގެ މަސައްކަތް ނިމިފައި ހުރީ %28 އާއި %30 އާ ދެމެދު ކަމަށެވެ.

ހަމައެހެންމެ ތަފާތު މީހުން ތަފާތު ގޮތް ގޮތަށް ދެކުނު ނަމަވެސް މިވަރު ބޮޑު ފެސިލިޓީއެއް ނިމިގެންދާއިރު، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ޕްރޮޖްކްޓްގެ ކަންތައްތައްކަން ޝަރީފުވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޓާމިނަލްއާއި، މި ސަރުކާރުން ހަވާލުވީއިރު ޓާމިނަލް އިމާރާތް ނުނިމޭ ކަމަށާއި ކާގޯ ޓާމިނަލް އިމާރާތާއި، ޖެޓީވެސް ނިމިފައިނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ފަޔާ ސްޓޭޝަނާއި އިންޖީނުގެވެސް ނުނިމޭ ކަން ފާހަގަކުރައްވާ މި ހުރިހާ ކަމެއް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރުމަށް ބާރު އަޅުއްވާ ދެއްވާ، އެހީތެރިވެދެއްވީތީ ރައީސަށް ޝުކުރުވެސް އަދާކުރައްވާފައެވެ. އަދި މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމަވާފައިވަނީ ވަޒީރު ޑރ. މުއްތަލިބާއި، ޓީމްގެ އެހީތެރިކަމާއި އެކުގައި ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ރަން މާޒީއެއް އިޔާދަވާތަން ދުށުމަކީ މި ސަރަހައްދު އުފަންކުރި ވަަރަށް ގަދީމީ ހުވަފެނެއް ކަމަަށެވެ. އަދި އެމްއޭސީއެލްއާ ހަވާލުކޮށްދެއްވީ އުތުރުގެ ތަރައްގީގެ ތަޅުދަނޑި ކަމަށާއި، ޒަމާންތަކަކަށް ފުރޮޅިގެން ދިޔަ ނަމަވެސް، މި ހުވަފެނުމަށް ކުޑަ ނަމަވެސް ލޮޅުމެއް ނާރާ، އޭގެ އެތައް 100 އަހަރެއް ފަހުން މިއަދު އެ ސަރަހައްދު ހެއްވަމުން ދަނީ އެތައް ސައްތަ މަތިންދާ ބޯޓެއް ހިތްފަސޭހަ ކަމުގައި ޖައްސާނެ ވައިގެ ބަނދަރެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެއީ ބޮޑު ތިލަދުންމަތި އުތުރުން ދިއްލާ ލެވުނު އިގްތިސާދީ ދަންމަރެއް ކަމަށެވެ. އަދި އެއީ ކާބަފައިން ވި ވައުދެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

”2.7 ކިލޯމީޓަރުގެ ދިގު މި ރަންވޭގައި ޖައްސަން އަންނަ ޖެޓު ފަހަރުތަކުން، މި ހިތްގައިމު އުތުރުގެ ޖައްވަށް ފުރިހަމަކަން ލިބިގެން ދާނެ“. ޝަރީފު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި