- އިސްތިހާރު -spot_img

އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާހް ކޮށްފި

މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާހުކޮށްފިއެވެ.

ބާސެލޯ ނަސަންދުރައިގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އިމިގްރޭޝަނުން މުޅިން އަލަށް ތައާރަފުކުރި ”އީ-ވިޒާ“ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒުއެވެ. ”އީ-ވިޒާ“ ގެ ހިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހުނަށް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ވިޒާގެ އެންމެހާ ކަންކަން ކުރެވިގެންދާއިރު އިމިގްރޭޝަންގެ އާ މޯބައިލް އެޕްލިކޭޝަނަކީ އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނާ އެއްގޮތައް، އެއްތަނަކުން، ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއްކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ އާ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރޓ) އަހްމަދު ފަސީހުއެވެ. އަދި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން ”އެމް އައިޑީ ޗެކާ“ އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނުއެވެ.

އެގޮތުން ”އެމް އައިޑީ ޗެކާ“ އަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް 2.0ގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެކެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަން ގެ ފަރާތުން ރައީސްއަށް ހާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފަވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި