- އިސްތިހާރު -spot_img

މި މަހުގެ ކުރީކޮޅު ބުރިޖުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އަދަދު 57 އަށް!

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ބްރިޖު ހައިވޭގައި 57 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ދެ ވަނަ ދުވަހު ބްރިޖުގެ ހައިވޭގައި ހަތް އެކްސިޑެންޓު ހިނގާފައިވާއިރު މި މަހު ތިން ވަނަ ދުވަހު ބްރިޖުގެ ހައިވޭގައި 10 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި މި މަހު ހަތަރު ވަނަ ދުވަހު ބުރިޖުގައި 11 އެކްސިޑެންޓެއް ހިނގާފައިވާއިރު ފަސް ވަނަ ދުވަހު ހަ އެކްސިޑެންޓެއް ހިނގާ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ހަމައެހެންމެ މި މަހު ހަ ވަނަ ދުވަހު ނުވަ އެކްސިޑެންޓަކާއި ހަތް ވަނަ ދުވަހު ފަސް އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި މި މަހު އަށް ވަނަ ދުވަހު ނުވަ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ތަކުގައި ދެ މީހަކަށް އަނިޔާ ވެފައިވާއިރު އެކްސިޑެންޓު ތަކުގައި ގެއްލުން ލިބިފައިވާ 49 އުޅަނދެއްވެއެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލު ގަޑީގައި 44 އެކްސިޑެންޓެއް ހިނގާފައިވާއިރު ރޭގަނޑު ބުރިޖު މަތީގައި މިވަނީ 13 އެކްސިޑެންޓެއް ހިނގާފައެވެ.

އެކްސިޑެންޓުތައް ހިނގާފައިވާ ސަރަހައްދުތަކަށް ބަލާއިރު ބުރިޖު ހައިވޭގައި އަށް އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި މި ހަތް ދުވަސް ތެރޭގައި މާލޭގައި 49 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުގައިވެއެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓު ހިނގާފައިވާ މިންވަރު މަތިވެފައިވެއެވެ. ފުލުހުން ބުނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވަނީ މަގަށް ދޭންވާ ސަމާލުކަން ނުދެވުމާއި މަގުމަތީގެ ގަވާއިދުތަކަށް، މަގު ބޭނުންކުރާ ފަރާތްތަކުން އިސްކަން ނުދެވުމުގެ ސަބަބުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި