- އިސްތިހާރު -spot_img

ސަރުކާރުގެ އަމާޒަށް ވާސިލްވާން ދެން ބޭނުންވާނީ އެންމެ އެއް ލައްކައެއްހާ ފަތުރުވެރިން!

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެކަން ހާސިލް ކުރުމަށް ދެން ބޭނުންވާނީ އެންމެ އެއް ލައްކައެއްހާ ފަތުރުވެރިން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މިވަނީ 1،897،840 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ނިމުން އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 2،046،615 ގައިކަން ފާހަގަކުރެވެއެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓަށް ބަލާއިރު:

  1. ޗައިނާ: 300،352 ފަތުރުވެރިން
  2. ރަޝިއާ: 239،004 ފަތުރުވެރިން
  3. އިނގިރޭސިވިލާތް: 168،597 ފަތުރުވެރިން
  4. ޖަރުމަނުވިލާތް: 141،739 ފަތުރުވެރިން
  5. އިޓަލީވިލާތް: 124،406 ފަތުރުވެރިން މިވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6446 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 1،399،400 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 48،715 ގައެވެ. ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 408،608 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 39،475 އަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެހެނިހެން ތަންތަނުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 1643 ފަތުރުވެރިންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި