- އިސްތިހާރު -spot_img

އެޓްލާންޓިސް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ގާއިމުކުރަނީ!

2029 ގައި މަޝްހޫރު އެޓްލާންޓިސް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ގާއިމުކުރުމަށް ނިންމައިފިއެވެ.

ކ. އަތޮޅުގައި ތަރައްގީކުރާ މި ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ އެޓްލާންޓިސް ދަ ރޯޔަލް، މޯލްޑިވްސްގެ ނަމުގައި ކަމަށްވާއިރު ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާނީ 2029 ވަނަ އަހަރުގައެވެ.

ރާއްޖޭގައި އެ ބްރޭންޑުގެ ދަށުން ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް، ގަތަރުގެ އެސެޓްސް ގްރޫޕާއި ކާޒްނާ އިންޓަނޭޝަނަލްއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގައި ތަރައްގީކުރާ އެ ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ދެ ރިސޯޓެއްގެ ގޮތުގައި، ’އެޓްލާންޓިސް ދަ ރޯޔަލް، މޯލްޑިވްސް’ގެ ނަމުގައެވެ.

މީގެ އިތުރުން ކ. ވާރެއްދޫ ފަރުގައި ތަރައްގީކުރާ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި 10 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 25 މިނެޓުން ދެވޭއިރު ރިސޯޓު ތަރައްގީކޮށް ނިމޭއިރު ލަގްޒަރީ އައިލެންޑެއްގެ އިތުރުން އާއިލާތަކަށް ހާއްސަ ފެމެލީ އައިލެންޑެއްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ. މި ރިސޯޓުގައި ވަކި ދެ ރަށެއް އޮންނައިރު އެއް ރަށް ތަރައްގީ ކުރަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ އާއިލާތަކަށް ހާއްސަކޮށް ”ފެމިލީ ރިސޯޓެއް“ ގެ ގޮތުގަ އެވެ. އަނެއް ރަށް ހަދަނީ ލަގްޒަރީ ކޮންސެޕްޓަކަށެވެ.

މި ރިސޯޓުގައި 270 ހޮޓާ ރޫމާއި 223 ވިލާ އާއި މޭންޝަން ހިމެނޭއިރު ކެއިންބުއިމަށް ހާއްސަ 20 ރެސްޓޯރަންޓަކައި ސެލެބްރިޓީ ޝެފް ރެސްޓޯރެންޓުތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ. އަދި ބީޗު ކްލަބާއި އަކުއާވެންޗާއަކާއި އިންޑޯ އަދި އައުޓް ޑޯ ފިޓްނަސް ސެންޓަރަކާއި އޯވާ ވޯޓާ ޔޯގާ ޕްލެޓްފޯމެއްވެސް ހިިމެނޭނެއެވެ.

މީގެ އިތުރުން ސްޕާ އަދި ބިއުޓީ ސެލޫންނެއްވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. އަދި ރިސޯޓުގައި މުރަކަ އިންދުމާއި ފެނާއި އިއާދަކުރަނި ހަކަތަ އުފެއްދުމުގެ ނިޒާމުތައްވެސް ގާއިމުކުރެވިގެންދާނެކަން ފާހަގަކުރެވެއެވެ.

މި މަޝްރޫއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެސެޓްސް ގްރޫޕުގެ ޗެއާމަން މުއުތާޒް އަލް ހަޔާތު ވިދާޅުވީ ކާޒްނާ އިންޓަނޭޝަނަލްއާ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަކީ މުސްތަގުބަލަށްވެސް މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ލެގަސީއެއް ބިނާ ކުރުމަށް އެ ގްރޫޕުން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި