- އިސްތިހާރު -spot_img

މިހާރު ފެނިގެން މިދަނީ ރައްޔިތުން ސަރުކާރަށް ކުރާ ތާއީދުގެ ބޮޑުކަން: އަބްދުއްރަހީމް

މިހާރު ފެނިގެން މިދަނީ މިއަދުގެ ސަރުކާރަށް ރައްޔިތުން ކުރާ ތާއީދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން، މި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއާއި ބެހޭ ގޮތުން ރޭ ޕީއެންސީގެ ޖަގަހަ ކައިރީގައި ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ މިރޭ ބޭއްވޭ މި ޖަލްސާ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ގޮތުން ބޭއްވޭ އެންމެ ބޮޑު ޖަލްސާ ކަމަށެވެ. އަދި މިހާރު ފެނިގެން ދަނީ ރައްޔިތުން މިއަދުގެ ސަރުކާރަށް ކުރާ ތާއީދުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަށް ރައްޔިތުންގެ ރުހުން އޮތް މިންވަރު މިހާރު ފެންނަމުންދާ ކަމަށެވެ.

މި ޖަލްސާއަކީ މުޅި ރާއްޖެއިން ބައިވެރިވާ ޖަލްސާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސިޔާސީ މަސައްކަތުގައި އުޅޭތާ މިހާ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު މިހާ ފޯރީގައި ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ސިޔާސީ ހަރަކާތަކަށް، މިއަށްވުރެ ބޮޑަށް ތައްޔާތުވީ ހަރަކާތެއް ދެކިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޖަލްސާގެ ސަބަބުން މާދަމާގެ ކުރިމަގު އަދި ސިޔާސީ މަޝްރަހު މުޅިން އެނބުރިގެންދާ ތަން ފެންނާނެ ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ވާދަވެރިން ދައްކަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެންދާނެ ކަމަށެވެ. އަދި މަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމުގައި ހަމަޖެހުމާއި ގައުމު ތަރައްގީ ކުރުން ކަމަށެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތް ހާލަތު އެންމެންނަށްވެސް އެނގޭނެ ކަމަށާއި އެ ހާލަތުން އަރައިގަނެ ރައްޔިތުން ބޭނުންވާ ފަދައިން ކަންކަން ކޮށްދެއްވަމުން ރައީސް ގެންދާވާކަން އެންމެންނަށްވެސް ފެންނަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވީއެވެ.

”ކުރިމަތީގައި އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް. ވަރަށް ފޯރިއާއި ޖޯޝުގައި އަޅުގަނޑުމެން މިތިބީ. ދިވެހި ރައްޔިތން މިތިބީ ވަރަށް އުފަލުން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ރައީސް މުއިއްޒު ވެރިކަމުގެ ފުރަތަމަ ދުވަސް ތަކުގައި ރާއްޖެ ބަނޑަށްޖެހި ބަނގުރޫޓު ވާނެ ކަމަށެވެ. ނަމަވެސް ގައުމު ބަނގުރޫޓުވިޔަ ނުދީ، ފައިސާ ޗާޕްނުކޮށް ދައްކަން ޖެހޭ ދަރަނިތައް ދައްކަމުން ގައުމަށް އިގްތިސާދީ ގޮތުން ހޯއްދަވަައިދެއްވި ހަމަޖެހުމަކީ އެންމެ ބޮޑު ކާމިޔާބީކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

”މިއަދު ރައީސް އެ ވިދާޅުވަމުން ގެންދަވަނީ އިގްތިސާދި ގޮތުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަން. ކުރިއަށްއޮތް ތާންގައިވެސް ދަރަނި ދައްކަން ހާސްވާން ޖެހޭކަށް ނުޖޭހޭ ކަން. އެކަންވެސްވަނީ އިންތިޒާމްވެ ތަރުތީބު ކުރެވިފައޭ. އެހެންވީމަ އެއީ އެންމެ ބޮޑު ކާމިޔާބީ. ހަމައެއާއިއެކު ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭކަން، ރައްޔިތުން ސާބިތު މިކޮށްދެނީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއާއިބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ މިއީ ވެރިކަމާއި ރައީސް މުއިއްޒު ހަވާލުވެވަޑައިގެންތާ ދެ އަހަރު ވެގެންގޮސްފައިވާއިރު ޕީއެންސީ މެންބަރުން އެކުގައި ބޮޑު ބައްދަލުވުމެއް ބާއްވާފައި ނުވާތީ ކުރިއަށް ރޭވިގެން ދިޔަ ހަރަކާތެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި