- އިސްތިހާރު -spot_img

”އެމްކިއުއޭއަކީ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ފެންވަރު އިސް ދައުރެއް އަދާކުރާ އިދާރާއެއް“

އެމްކިއުއޭއަކީ ރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ހިފަހައްޓައި، ނަޒާހަތްތެރިކުރުވައި، ކުރިއެރުން ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރާ އިދާރާއެއް ކަމަށް  މަތީ ތައުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ރިހިޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ހިފަހައްޓައި ކަށަވަރުކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ދައުރު މުހިންމު ކަމަށެވެ. އަދި މަތީ ތައުލީމުގެ ވިއުގަ ފުޅާކޮށް ތަރައްގީކުރުމުގައި ވޭތުވެދިޔަ 25 އަހަރުތެރޭ އެމްކިއުއޭއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމުގައްޔާއި، ކޯސްތައް އެކްރެޑިޓްކުރުމާއި، އިންސްޓިޓިއުޝަނަލް އޯޑިޓްފަދަ ގިނަ މަސައްކަތްތަކެއް އެމްކިއުއޭއިން ކުރައްވަފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭއިން ހޯދޭ މަތީ ތައުލީމުގެ ފެންވަރު ދަމަހައްޓައި ރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މުއައްސަސާތަކަކީ ދުނިޔެ ގަބޫލުކުރާ ތަންތަނަށް ވެގެންގޮސްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އެމްކިއުއޭއިން ކުރާ މަސައްކަތްތަކުގެ އެންމެ ބޮޑު ފައިދާއަކީ، މަސައްކަތުގެ މާޙައުލަަށް ތައްޔާރުވެފައިވާ ބަޔަކު އުފެއްދުމަށް ބާރު ލިބިގެންދިއުން ކަމަށެވެ.

އެމްކިއުއޭއަކީ 2000 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި އިދާރާއެއް ކަމަށްވާއިރު މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަމުގައި އުފެއްދެވި މި އިދާރާގެ ނަން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނަމަށް ބަދަލުކޮށްފައިވަނީ 17 މެއި 2010 ގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި