- އިސްތިހާރު -spot_img

ނިއުޒިލަންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ނިއުޒީލަންޑްގެ ވައިޓަންގީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ގައުމުގެ ގަވާނާ ޖެނެރަލް ހާ އެކްސެލެންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ބޮޑު ވަޒީރު ހިޒް އެކްސެލެންސީ ކްރިސްޓޮފާ ލަކްސަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ގަވާނާ ޖެނެރަލް ހާ އެކްސެލެންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ބޮޑު ވަޒީރު ހިޒް އެކްސެލެންސީ ކްރިސްޓޮފާ ލަކްސަންގެ އިތުރުން ސަރުކާރަށާއި ނިއުޒީލަންޑްގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފަ އެވެ.

ރައީސް ވިދާޅުވީ ވައިޓަންގީ ދުވަހަކީ ގައުމީ އެއްބައިވަންތަކަމާއި ކުރިއެރުމަށްޓަކައި، ތަފާތުތައް ބަލައިގަތުމުގެ މުހިންމުކަން ހާމަކޮށްދޭ ދުވަހެއް ކަމަށެވެ.

”ނިއުޒީލަންޑަށް ދާއިމީ އަމާންކަމާއި އިތުރު ތަނަވަސްކަމަށް އެދޭ ހިނދު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން ކުރި މަގުގައި އިތުރަށް ވަރުގަދަވެ، ދެ ފަރާތަށްވެސް އޭގެ މަންފާ ލިބިގެންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.“ ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި