- އިސްތިހާރު -spot_img

އަލިފާނުގެ ހާދިސާގައި 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރެވުނު: އެންޑީއެމްއޭ

މާފަންނު ފުލޫނިޔާމަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ރޭ 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރެވުނު ކަމަށް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީއިން ބުނީ އޭގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުން ކަމަށާއި، 302 ބިދޭސީ މަސައްކަތްތެރިންނާއި ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 280 ބިދޭސީއަކު އެ މީހުންގެ ވެރިފަރާތުން ހަވާލުވެ، 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮތޯރިޓީއިން ބުންޏެވެ.

މީގެ އިތުރުން ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާ ކަމަށާއި، މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވާއިރު މި ހާދިސާގެ އަސަރުކޮށްގެން ހަތް ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދެވިފައިވީނަމަވެސް މި ހުރިހާ އެ ފަރާތްތަކުގެ ހާލު ރަނގަޅު ކަމަށްވެސް އެ އޮތޯރިޓީއިން ބުންޏެވެ.

އެ އޮތޯރިޓީގެ ފަރާތުން ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ އިވޭކިއުއޭޝަން ސެންޓާރު މިހާރު ބަންދުކޮށްފައިވާ ކަމަށާއި، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ހުރިނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 115 އަށް ގުޅުއްވުމަށް އެންޑީއެމްއޭ އެދިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ރޭ ހަރަކާތްތެރިވެފައިވާއިރު މި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާއްމުން ރައްކާތެރިވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި