- އިސްތިހާރު -spot_img

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ގައުމުތަކަށް، ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 1447 ވަނަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކާ، ޖަމުއިއްޔާތަކުގެ ވެރިންނާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖު ތަކުގައި، ގާތް ތިމާގެ މީހުންނާ، އަވައްޓެރިންނާ އެކުގައި އީދުގެ އުފާ ފާޅު ކުރުމުގެ ތެރެއިން ގުޅުންތައް ބަދަހިވެ، އަދި އީމާންކަން ހަރުދަނާވެ، ﷲގެ ރަޙުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް މި ދުވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު މެސެޖުތައް ނިންމަވާލައްވަމުން، މި އީދަކީ، ހެޔޮ ރަޙްމަތާ، އަދި މުސްލިމު މުޖްތަމައުގައި އޮންނަ އަހުވަންތަ ކަމުގެ ރޫޙު، އިތުރަށް ބަދަހިވެގެންދާނެ އީދަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މިއަދު ވަނީ ހެނދުނު 9:00 އިން 11:00 އަށް އީދު ސަލާމްވެސް ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒިރުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވާއިރު ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ބޭފުޅުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
މި ލިޔުމާ ގުޅޭ