- އިސްތިހާރު -spot_img

އިދިކޮޅު އެމްޑީޕީގެ ސަބަބުން ތަރިކައާބެހޭ މަޝްރޫއުތައްވަނީ ކުރިއަށް ނުގެންދެވިފައި

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ކުރާ ކަންތައްތަކުގެ ސަބަބުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އަތޮޅުތެރޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ގިނަ ދުވަސްތަކެއް ވަންދެން ނުހިންގިފައިވާ ކަމަށް އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ގަލޮޅު ދެކުނު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ބައިވެރިވެވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓާވިއުއެއްގައިވަޒީރު ވިދާޅުވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އަތޮޅުތެރޭގައި މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކަރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި މަޝްރޫއުތައް ހިންގުމަށް ވުޒާރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލުތަކުގެ އެއްބާރުލުން ނުލިބުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ސަބަބުން ގިނަ ދަތިތަކަކާއި ކުރިމަތި ލާންޖެހިފައިވާ ކަމަށެވެ.

”ބިން ނުދެއްވައިގެން ނުވަތަ ބިން ދެއްވުން ލަސްކުރައްވައިގެން މި މަސައްކަތްތައް ނުފެށިފައި. އަދި  ބައެއް ރަށްރަށުގައި އެބަހުރި މަސައްކަތް ފެށިފަހުން ކައުންސިލުގެ ހިޔާލު ތަފާތުވެގެން މުޅި ޕްލޭނަށް ބަދަލުގެންނަން ޖެހިފައިވެސް،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަރިކައާބެހޭ މަޝްރޫއުތައް ނުހިންގި އަހަރެއްހާ ދުވަސް ފާއިތުވެފައިވާއިރު މަޝްރޫއުތައް ލަސްވެ ދިގުދެމިގެން ގޮސްފައިވާ ކަމަށެވެ. އަދި ހުއްޓިފައިވާ މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި