- އިސްތިހާރު -spot_img

މެދުހެންވޭރު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ޓެކިޓުގައި ވާދަކުރައްވާ ކެންޑިޑޭޓާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ރޭ ހުޅުވައިފިއެވެ.

މި ޖަގަހަ ހުޅުއްވައިދެއްވީ ޕީއެންސީގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.

މި ޖަލްސާގައި ޕީއެންސީގެ އިސްވެރިންނާއި ކޮންގްރެސް ޕާޓީއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެ އެވެ. އެގޮތުން މި ޖަލްސާގައި، ޕީއެންސީން މާލޭގެ މޭޔަރުކަމަށް ނިކުންނަ ނިޝާން އަސްކަރިޔާގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލްވެސް ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކުރެވެ އެވެ.

ޕީއެންސީގެ ކެމްޕެއިން ޖަގަހަ ކޮންމެ ރެއެއްހެން ހުޅުވަމުންދާއިރު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހާއްސަ ޖަލްސާތަކެއް ދަނީ ބާއްވަމުންނެވެ. އަދި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން އަންނަނީ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތްތައްވެސް ހިންގަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި