- އިސްތިހާރު -spot_img

ނައިބު ރައީސް، އެޗްޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، އެޗްޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުލުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫއާ ދެމެދު ރޭ ކުޅުނު ފައިނަލް މެޗު ފެށުމުގެ ކުރިން، ނައިބު ރައީސް ވަނީ، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވާފައެވެ.

9 ލަނޑު 3 ލަނޑުގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ. ނައިވާދޫ އެވެ. އަދި އެ ޓީމަށް، ވާދައިގެ ތައްޓާއި، މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ ނައިބު ރައީސްއެވެ. އެމަނިކުފާނު ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖުވެސް ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވަނީ، މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވުނު ކުޅުންތެރިންނާއި ޓީމްތަކަށްވެސް ޓްރޮފީ ހަވާލުކުރައްވާފައިވާއިރު ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަށް އުފެއްދުމުގެ މަގުސަދުގައި 2016 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭ ގޮތަށް، ހުޅުވާލައިގެން ފެށި ފުޓްސަލް މުބާރާތެއް ކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި