- އިސްތިހާރު -spot_img

ހައްޔަރުކުރި ބިދޭސީ މީހާއަށް އަނިޔާކުރިކަމުގެ ޝަކުވާއެއް ހުށަހަޅާފައިނުވޭ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ހުށަހަޅާފައިވީނަމަވެސް، އެ ފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 36 އަހަރުގެ ހަނީފް އެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެއްޗާ އެކުކަމަށްވާއިރު އޭނާ އާއި އެކުގައި ގއ. މާމެންދޫއަށް ނިސްބަތްވާ 28 އަހަރުގެ އަޒުހަދު ނަސީމް ކިޔާ މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބުނީ އެޗްއާރްސީއެމް އިން މައްސަލަ ތަހުގީގުކުރާކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި، ތަހުގީގަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ. އަދި ފުލުހުން ބުނީ ބިދޭސީ މީހާ ބަންދު ކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވާ ކަމަށެވެ. ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރުވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށްވެސް އެދިފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުކުރެވޭ ހަނީފްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި