- އިސްތިހާރު -spot_img

މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ!

 

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިހާރުވެސް ރާއްޖޭގައި އެއާޕޯޓް ހިންގާ ގާތްގަނޑަކަށް ހުރިހާ މަންޒިލަކަށް ދަތުރު ކުރެއެވެ. އަދި އިންޑިއާގެ ދެ މަންޒިލެއް ކަމަށްވާ ޓްރިވިންޑްރަމް އަދި ކޮޗިންގެ އިތުރުން ޗައިނާ އަށާއި، ތައިލެންޑް، މެލޭޝިއާއަށްވަސް ދަތުރު ކުރެއެވެ. އަދި ބަންގްލަދޭޝްއަށްވެސް މީގެ ކުރިން ދަތުރު ކޮށްފައި ވެއެވެ.

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ދަތުރުތައް ފަށަން ނިންމައި، މިހާރު ވަނީ ޖެނެރަލް ޕެސެންޖާ ސޭލްސް އެޖެންޓް (ޖީއެސްއޭ) އެއް ހޯދަން އިއުލާންކޮށްފައެވެ.

އެ އެއާލައިނުން ދަތުރުތައް ފަށަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށެވެ. މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ދަތުރު ފަށަނީ އަންނަ އަހަރެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ މޯލްޑިވިއަންގެ އޭ330-200 މަރުކާގެ މަތިންދާބޯޓު ބަންގްލަދޭޝްއަށް އޮޕަރޭޓް ކުރުމަށް އެ ގައުމުން ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) އެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި އެ އިއުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަދި [email protected] [email protected] އަށް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން މެއިލް ކުރުމަށް އެދިފައި ވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި