- އިސްތިހާރު -spot_img

ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނިންމުގެ ރަސްމިއްޔާތު ބާއްވައިފި.

ރާއްޖޭގެ 38 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިޔާތު ބާއްވާ އިނާމުހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ހާވާލުކޮށްފިއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މމުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން  މެޑަމް ސާޖިދާ މުހައްމަދު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ ޖޫން 4 އިން ޖުލައި 15 ގެ ނިޔަލަށް މާލެއާއެކު ރާއްޖޭގެ 22 ސަރަހައްދެއްގައި ބޭއްވި އޮޑިޝަންގައި 2,742 ބައިވެރިން ކިޔަވާފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބުނީ އެންމެ މޮޅު 379 ބައިވެރިންނަށެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ކިޔެވުން ސެޕްޓެމްބަރު 11 އިން 14 އަށް ތާވަލުކޮށްފައިވާއިރު، ފައިނަލް ބުރު ކުރިއަށްގެންގޮސްފައިވަނީ ސެޕްޓެމްބަރު 16 އަދި 17 ގައެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްތަކުގައި ބައިނަލްއަގުވާމީ ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ