- އިސްތިހާރު -spot_img

ކްރޮއޭޝިއާ އާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސިޔާސީ ގޮތުން ކްރޮއޭޝިއާ އާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގްޞަދުގައި ރާއްޖެ އާއި ކްރޮއޭޝިއާ ދެެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމްއެވެ. އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ގަރލިޗް ރަޑްމެންއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ނިއު ޔޯކްގައި ބޭއްވި ނޭޝަންސް ޖެނެރަލް އެސެމްބްލީގެ 81 ވަނަ ޝެޝަން ނިންމާލުމަށްފަހު ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ