- އިސްތިހާރު -spot_img

މަސްތުވާތަކެއްޗާއެކު ޅ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފި

ޅ. އަތޮޅުގެ ނައިފަރާއި އޮޅުވެލިފުށީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ހިންގި ފުރަތަމަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ހިތްވަރު، އުމުރުން 19 އަހަރުގެ އަނަސް އަބްދުﷲ އާއި ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، އުމުރުން 25 އަހަރުގެ މުހައްމަދު މިފްޒާލެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮޅުވެލިފުށީ ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހުގެ އިތުރުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމް ކަމަށެވެ.

ދެވަނަ އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ނައިފަރުން ހުއްޓުވައި ބަލައިފާސްކޮށް ހައްޔަރުކޮށްފައިވަނީ ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އުމުރުން 20 އަހަރުގެ އަހްމަދު އާދިލެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ އިރު، އޭގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަނަސް އާއި މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އާދިލް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ