- އިސްތިހާރު -spot_img

ރާއްޖެއާ ޗައިނާގެ މެދުގައި އޮތް ރަޙްމަތްތެރިކަމަކީ އުޖާލާ ކުރިމަގަށް މަގު ތަނަވަސްވަމުންދާ ކަމެއް: ރައީސް

ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ތަރައްޤީގެ މަގަށް އިތުރު ފުރުޞަތުތަކާއި އުޖާލާ މުސްތަޤްބަލަކަށް މަގު ތަނަވަސްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެޤައުމުގެ މި ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، ސުލްޙަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމުގައި ރާއްޖެއިން ދޭ އަހަންމިއްޔަތުކަމަށް ކަމަށެވެ، އަދި، 2025 ގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެއްބަސްވެވުނު ”ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް“ގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާސިލްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ޗައިނާއިން ވެދެމުންދާ އަގުހުރި އެހީތެރިކަމުގެ އިތުރުން ޒަމާނީ އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތަކާއި، ރަށްރަށުގެ ދެމެހެއްޓެނިވި ބިނާވެށިކަމާއި، ތަޢުލީމާއި، ފަންނީ ތަމްރީނުގެ ފުރުޞަތުތަކާއި، އިދާރާތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ އަދި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ގެދޮރުވެެރިކަމުގެ މަޝްރޫއާއި ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، ރައީސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަވަސްކަމުގެ ސަބަބުން، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ނުރައްކާއަށް ބައްލަވާލައްވާފައެވެ.

ރައީސް ވިދާޅުވީ މިފަދަ ގޮންޖެހުންތަކާއި ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގައި މަޝްވަރާއާއި، އެއްބާރުލުމާއި، ދެފަރާތަށް އިޙްތިރާމްކުރުމާއި، އިތުބާރު ކުރުމުގެ މުހިންމުކަމާއި، ސުލްޙައަކީ ތަރައްޤީއަށް ޖާގަ އުފެދޭ ކަމެއް ކަމަށާއި ހަމަޖެހުމަކީ ތަނަވަސްކަމުގެ ބިންގާ ކަމަށެވެ.

ޗައިނާގެ ފޯ ގްލޯބަލް އިނީޝިއޭޓިވް ހިމެނޭހެން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކުގެ މައްޗަށް ދެޤައުމުގެ ގުޅުން ބައްޓަންކުރުމުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅުގައި ބައްލަވާލައްވާފައިވެއެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ