- އިސްތިހާރު -spot_img

ގާލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ 2025 ގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މޫކާއި ހޮޓަލުގައެވެ. އަދި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް އަދި މި ރަސްމިއްޔާތުގެ ހާއްސަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއާ އަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވާފަކަން ފާހަގަކުރެވެއެވެ.

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައިވަނީ، 2024 ވަނަ އަހަރުގެ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން އިއްވާވާފައިވެއެވެ. އަދި މި ޖަލްސާގައި، ޖަލްސާގެ ހާއްސަ މެހުމާނު ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއާ ނިއުމަތު ޝަފީގަށް ވަނީ ޓޯކަން އޮފް އެޕްރިސިއޭޝަނެއްވެސް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި