- އިސްތިހާރު -spot_img

ނ. މިލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިފި

ނި. މިލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރަތް އިއްޔެ ހުޅުވައިފިއެވެ.

މި އިމާރާތާއި އެރަށާއި މާޅެންދޫގައިވެސް ލެބޯޓަރީގެ ހިދުމަތް  ރަސްމީކޮށް ހުޅުވާދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަތުމުން ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް ސިއްހީ ދާއިރާއިން އެދޭކަމަކީ އެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ނެތުމާއި އެފަދަ ހިދުމަތެއް ގާއިމު ކޮށްދިނުން ކަމަށެވެ.

ވަޒީރު ވިދާޅުވީ އެ ގޮތުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް މި ދާއިރާއަށް ކަނޑައަޅުއްވާފައިވާ އަމާޒެއް ކަމަށާއި، އެލަނޑުދަނޑި ހާސިލްކުރުމަށް މި ދާއިރާގެ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ރަށުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި، ލެބޯޓްރީގެ ހިދުމަތްވެސް އެކަށީގެންވާ ގޮތުގައި ނެތުމަކީ މައްސަލައެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

”އެހެންކަމުން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ހިދުމަތް ގާއިމުކުރުމަށްދަނީ މަސައްކަތްކުރަމުން.“ ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި