- އިސްތިހާރު -spot_img

ހިޔާ ޓަވަރު 5ގެ ހުރިހާ އެޕާޓްމަންޓަކަށް އަލުން ފެނާއި ނަރުދަމާގެ ހިދުމަތްދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންބުނެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާސް މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ މި ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވާނެ ކަމަށާއި، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވާނެ ކަމަށެވެ،

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުގެ ފަސް ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަނުން ވަގުތުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

ހިިޔާ ޓަވަރުތަކުގައި މިފަދަ އަލިފާނުގެ ހާދިސާތައް ގިނައިން ހިނގާކަން ފާހަގަކުރެވެއެވެ. އެގޮތުން ގިނަ ފަރާތްތަކުން ބުނަނީ މި ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަން އެންމެ ބޮޑަށް މެދުވެރިވާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން ސިނގިރޭޓު އެއްލާލާތީއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި