ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރު ފުޅެއްގައި ބަނގްލަދޭޝް އަށް ރޭ ފުރާވަޑައިގެންފި އެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑް ވައިޒަރު، ހިޒް އެކްސެލެންސީ ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ، އެ ގައުމުގެ އައު ސަރުކާރު ހުވާ ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު އެވެ.
މި މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރު ފުޅުގައި، ބަނގްލަދޭޝްގެ ބޮޑު ވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައި ގެންނެވި ހިޒް އެކްސެލެންސީ ތާރިގު ރަޙްމާނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެ ވެ.
ދިވެހިރާއްޖެ އާއި ބަނދަގްލަދޭޝް އާއި ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ އެކުގައި މަސައްކަތް ކުރުމަށް ލިބޭ މުހިންމު ފުރުސްތެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.





