- އިސްތިހާރު -spot_img

500 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އަނެއްކާވެސް ކްރޫޒްލައިނާއެއް ރާއްޖެއަށް

548 ފަތުރުވެރިންނާއިއެކު ކްރޫޒް ލައިނާއެއް ރާއްޖެއަށް އަތުވެއްޖެ އެވެ.

އިމިގްރޭޝަނުން ބުނީ ސީޝެލްސްގެ ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓް އިން ފުރައިގެން ރާއްޖެއަށް އައިސްފައި ވަނީ ”އެމްއެސް ކްރިސްޓަލް ސިންފޮނީ“ ނަމަކަށް ކިޔާ ކްރޫޒް ލައިނާއެއް ކަމަށެވެ. އަދި މި ކްރޫޒް ލައިނުން ރާއްޖެއަށް 548 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައި ވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންކަންވެސް ފާހަގަކުރެވެ އެވެ.

ބަހާމާސްގެ ”އެމްއެސް ކްރިސްޓަލް ސިންފޮނީ“ ރާއްޖެ އިން ފުރުއިގެން ދަތުރު ކުރާނީ ސްރީލަންކާގެ، ކޮލޮމްބޯ އަށެވެ.

މި އަހަރު މިހާތަނަށް ގިނަ ފަތުރުވެރިންތަކެއް ކްރޫޒް ލައިނާ މެދުވެރިކޮށް ރާއްޖެ އައިސްފައިވެ އެވެ. މިއާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ލިބެމުންދެ އެވެ. އަދި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 349،990 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާ އިން މިހާތަނަށް 49،704 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައިކަން ފާހަގަކުރެވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި