- އިސްތިހާރު -spot_img

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ނޭވާ ހިއްލާ ކުއްޖަކުވެސް ހިމެނޭ!

ރޭ ހުޅުމާލެ ފޭސް 1 ގައި ހުންނަ ވަން އެވެނިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެޕާޓްމަންޓުގައި ދިރިއުޅޭ 5 މީހަކަށް ނޭޝަނަލް ޑިސާސްޓާސް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެންޑީއެމްއޭ އިން ބުނީ ރޭ ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ރޭ 23:00 ހާއިރު، ހިނގި މި ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ވަނީ ބޭނުން ނުކުރޭ ވަރަށް އަނދާފައި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 5 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާ ހިއްލާ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް އެންޑީއެމްއޭ އިން ދަނީ ކުރަމުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި