- އިސްތިހާރު -spot_img

މަސްތުވާތަކެތީގެ މައްސަލައެއްގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޯކައިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ފޯކައިދޫގައި ފުލުހުން ރަށު ތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރުމުގެ ތެރެއިން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ށްފައިވަނީ ށ. ފޭދޫ / އިރަމާގެ، މުހައްމަދު އަބްދުއްރަޙީމް (44 އ) ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ފޯކައިދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމަތު ދީފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މުހައްމަދު އަބްދުއްރަޙީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި