ތިލަދުންމަތީ އުތުރުބުރީ ”ކަނޑާލިފިނޮޅު“ އެ އަތޮޅު ”ވަށަފަރު“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރަސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތިލަދުންމަތީ އުތުރުބުރީ ”ކަނޑާލިފިނޮޅު“ އެ އަތޮޅު ”ވަށަފަރު“ ގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ހއ. ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ މި ގަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާ ހަމަކުރެވިފައި ކަމަށެވެ. އަދި މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.




