- އިސްތިހާރު -spot_img

އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި އަނެއްކާވެސް މީހަކު ހޯދަނީ

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާކަމުގެ ތުހުމަތުގައި އަނެއްކާވެސް މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން ވަނީ އެ މީހާގެ ވަނަވަރުވެސް އާއްމުކޮށްފައެވެ. އަދި މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ނ. ކުޑަފަރި، ހިޔަލީގެ އުމުރުން 44 އަހަރުގެ ހުސައިން ޔޫސުފެވެ. ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަ ކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކަ އާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު، ސޯޝަލް މީޑިއާގެ ޕްލެޓް ފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހުސައިން ޔޫސުފް ހާޒިރު ކުރަން ބޭނުންވާ ކަމަށެވެ.

ފުލުހުން ބުނީ ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ. ހަމައެހެންމެ ޖިނާއި މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާނު ކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި