ހުޅުމާލެ ފޭސް 1 ގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ”ކްލީން ޕްލޭޓް“ ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން މިހާރު ނިއްވާލައިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ ރޭ މެންދަމު 02:20 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވާލާފަވާ ކަމަށާއި، ރޯވި އަލިފާން ނިއްވާލެ ވުނީ ރޭ މެންދަމު 02:34 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައި ބޭނުން ކުރަމުންދިޔަ ގޭސްފުޅި އެއްގައި ކަމަށެވެ. އަދި މި ހާދިސާގައި ކެފޭގެ ބަދިގޭގެ އެކި ބައިތަކަށް ގެއްލުން ވެފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.




