- އިސްތިހާރު -spot_img

ގޯއްޗާއި ފްލެޓަށް އެދި 3600 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މިހާތަނަށް 3600 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް  އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކަށް ބަލާއިރު ފެލްޓަށް އޮތް ޑިމާންޑު ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސަރުކާރުން ހުޅުވާލާފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޑްރާފްޓް މަރުހަލާގައި 10،000 ވަރަކަށް އެޕްލިކޭޝަންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

”ފްލެޓުގެ ޑިމާންޑު ވަރަށް ބޮޑަށް އެބައޮތް. ވަރަށް ގިނަ ފަރާތްތަކުން ބޭނުން އެބަވޭ އެފަރާތްތަކުގެ އާއިލާއަށް ވަގުތުން ބޯހިޔާވަހިކަން ލިބެން. ބިމެއް ލިބިއްޖެއްޔާ އެތަން ތަރައްގީކުރަން ޖެހޭނެ. ނީޑް އޮތީމަ އެފަރާތްތަކުން ކުރިމަތިލަނީ ބޮޑަށް ފްލެޓްތަކަށް. އެހެންވީމަ ފްލެޓްތަކުގެ ޑިމާންޑް ފުދޭވަރަކަށް ބޮޑުކޮށް ފެންނަނީ“ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
މި ލިޔުމާ ގުޅޭ